24 Apr 2020, 09:12
މި އަހަރު އޮކްޓޯބަރު މަހު ރިލީޒްކުރަން ނިންމި ފިލްމު ނޮމް؛ ލެޓް ދެއާ ބީ ކާނޭޖް(ވެނޮމް2) ރިލީޒްކުރުން ފަސްކޮށްފި އެވެ.
ވެނޮމް 2 ރިލީޒްކުރުން މިހާރު ފަސްކޮށްފައިވާއިރު އެ ފިލްމު އާންމުންނާ ހަމައަށް ދެން އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން ފިލްމުތައް ރިލީޒްކުރުން ފަސްކުރަމުން އަންނައިރު މުޅި ފިލްމީ ދާއިރާ އޮތީ މަޑުޖެހިފަ އެވެ.
ވެނޮމް 2 އަކީ އެންޑީ ސާކިސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ވެނޮމްގެ ރޯލު ކުޅޭނީ ޓޮމް ހާޑީއެވެ. ވެނޮމްގެ ރޯލުން ޓޮމް ހާޑީ ފެނިގެންދާއިރު، ރިޕޯޓްތައް ބުނާގޮތުން ޓޮމް ހާޑީއަކީ ވެނޮމްގެ ފޭނެކެވެ.
ސްޕައިޑަ މޭންގެ އެންމެ މަގްބޫލް ކެރެކްޓާރ، ވެނޮމް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެންދިޔައީ ސޭމް ރައިމީ ޑައިރެކްޓްކުރި، "ސްޕައިޑަ މޭން 3" އިންނެވެ. އެ ފިލްމުގައި ވެނޮމްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޓޮފާ ގްރޭސްއެވެ.
ވެނޮމްގެ ފުރަތަމަ ފިލްމެއް އާންމުންނާ ހަމައަށް އައީ 2018 ވަނަ އަހަރުގަ އެވެ.