25 Apr 2020, 15:57
ކޮރޯނާވައިރަސް ޖެހިފައިވާ އަށް ދިވެއްސަކު މިއަދު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން އެކަން ހާމަ ކުރީ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގަ އެވެ. އެއާއެކު މިހާރު މާލެއިން ކޮވިޑަށް ޕިސިޓިވްވީ މީހުންގެ އަދަދު ވަނީ 137 އަކަށް އަރާފަ އެވެ. ޕޮސިޓިވްވީ މީހުންގެ ތަފްސީލެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެ އެވެ.
އޭގެ އިތުރުން ށ.ނަރުދޫއިން މީހަކު ކޮވިޑަށް ޕޮސިޓިވްވީކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ މައުލޫމާތު އަދި އެޗްޕީއޭއަކުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާގޮތުން ނަރުދޫއިން ކޮވިޑަށް ޕޮސިޓިވްވެފައިވަނީ އެރަށުގެ މާލޭ ދަތުރު ކުރާ ބޯޓުގެ ކެޕްޓަނެވެ.
އިއްޔެ މާލެއިން ކޮވިޑަށް 13 މީހަކު ވަނީ ޕޮސިޓިވްވެފަ އެވެ. މާލެއިން އެންމެ ފުރަތަމަ ބަލީގެ ޕޮޒިޓިވް ކޭހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.