ހާރުގަޑިއަށް ތަންކޮޅެއް ލުއި އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެއް ބޭނުންނަމަ މިއަދު ރެސިޕީއަކީ ވަރަށް ކަމުދާނެ އެއްޗެކެވެ. މިއަދު ލިއުޝާ، އަހަރެމެންނަށް މި ތައްޔާރުކޮށްދެނީ ވަރަށް ފަސޭހައިން ހަދާލެވޭނެ ކްރީމީ ސެލެޑް އެކެވެ. ގޭގެ ފްރިޖުގައި ހުރި ތަރުކާރީތަކެއް ބޭނުންކޮށްގެން މި ރެސިޕީ އަވަހަށް ޓްރައިކޮށްލާށެވެ.

ބޭނުންވާ ތަކެތި

  • 1 ފިޔާ (ވަށްކޮށް ކޮށާފައި)

  • ½ ކެރެޓް ސްލައިސްޑް ކޮށްފައި
  • ½ ބެލް ޕެޕާ ދިގުކޮށް ކޮށާފައި
  • 2 ޓޮމާޓޯ (ވަށްކޮށް ކޮށާފައި)
  • 1 ލުނބޯ
  • އަސޭމިރުސް
  • ލޮނު
  • 3 މޭޒުމަތީ ސަމްސާ މެޔޮނައިޒް
  • ބޭސިލް ސީޑްސް
  • ލެޓިއުސް
  • 3 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

ސެލެޑް ޑްރެސިން: މެޔޮނައިޒްކޮޅުގެ ތެރެއަށް ލުނބޯއެއްގެ އެއްފަޅި ފެލާލާށެވެ. އެއަށްފަހު އޮލިވް އޮއިލްއާއި ބޭސިލް ސީޑްސް އަޅާލާ އެއްކޮށްލުމަށްފަހު ބަހައްޓާށެވެ.

ކޮށާފައި ހުރި ފިޔާކޮޅުގެ ތެރެއަށް އަސޭމިރުހާއި، އަދި ބާކީ ހުރި ލުނބޯހުތްފޮދު އަޅާލުމަށްފަހު މިކްސް ކޮށްލާށެވެ. އެއަށްފަހު ބެލްޕެޕާ، ކެރެޓް އަދި ލެޓިސްއަޅާލާށެވެ. ލެޓިއުސްތައް އެންމެ ފަހުން އަޅަނީ ޗަސްނުކުރުމުގެ ގޮތުންނެވެ. އެއަށްފަހު ޓޮމާޓޯއާއި ސެލެޑް ޑްރެސިންކޮޅު އަޅާލާފައި މިކްސް ކޮށްލާށެވެ.