ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ އިތުރު 17 މީހަކު މިއަދު ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

ހެލްތް މިނިސްޓްރީއިން ރޭ ވަނީ، 33 އަހަރުގެ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ރައްޔިތަކަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު ބުނީ، އެ ދެ ކޭސްގެ އިތުރުން، ކޮވިޑް ޖެހިފައިވާ އިތުރު 17 މީހަކު މިއަދު ފެނިފައިވާ ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި ހިމެނެނީ، ނުވަ ބަންގްލަދޭޝްގެ މީހަކާއި ތިން ދިވެހިން އަދި ހަތަރު އިންޑިއާ މީހެކެވެ.

އެއާ އެކު ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު މި ވަނީ، 245 އަރައިފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އިން 17 މީހަކު ވަނީ ރަނގަޅުވެފަ އެވެ.