30 Apr 2020, 10:14
ކޮންމެ މީހަކުވެސް މި ދުވަސްވަރު ޑައިރީއެއް ގެންގުޅެން އިލްތިމާސްކޮށްފި އެވެ.
ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ޑައިރީއެއްގެ ގެންގުޅޭނަމަ ކޮންޓެކްޓް ޓްރޭސިންއަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށެވެ.
ޑިޖިޓަލްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެޗްޕީއޭއިން ވަނީ އެޕެއްވެސް ތައާރަފްކޮށްފައެވެ.
"ކޮންމެ ބޭފުޅަކުވެސް ގޭގައި ހުންނަވާއިރު ކޮންމެ ދުވަހަކު ޑައިރީއެއްގެ ގޮތުގައި ބައްދަލުވާ މީހުންގެ ލިސްޓެއް. ބައްދަލުވީ ވަގުތާއި ބައްދަލުވީ ކިހާއިރަކާއި މިގޮތަށް ޑައިރީއެއް ގެންގުޅުމަކީ މުހިންމުކަމެއް. އެއީ ކޮންޓެކްޓް ޓްރޭސިންއަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ތިބޭފުޅުންގެ އަތުގައި ތިބޭފުޅުންގެ އަތުގައި އޮންނަ މީހުންގެ ލިސްޓެއް އޮންނަންޔާ." މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެފަދައިން އަމަލުކަރާނަމަ މީގެ 14 ދުވަސް ކުރިން ބައްދަލުވިމީހެއްގެ ހަނދާން ވެސް ނެތިގެން ނުދާނެ ކަމަށެވެ. އެހެންކަމުން ކޮންމި މީހަކު ވެސް އެކަން ކުރަން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރޯނާ ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. މަބްރޫކް ވިދާޅުވީ ބަލި އިތުރަށް ފެތުރިދާނެކަމުގެ ބިރާއެކު އެތައް ބަޔަކަށް ނުތަނަވަސްކަން ކުރިމަތ ނަފްސާނީ އެތަކެއް އުނދަގުލެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ ގެއަށް ވަދެ ގައިދުކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
"ގައި ދުރުކުން އަދި އެކުވެރިކަން ބަދަހިކުރުން އެއީ ވަރަށް މުހިންމުކަމެއް. ފޯނު ކުރުން ރަށްޓެހިންނަށް. ހާއްސަކޮށް ކަރަންޓީނު ފެސިލިޓީސްގަޔާ ގޭގައި ކަރަންޓީނު ކުރެވިފައިތިބި އެކުވެރިންނަށާ އައިލާގެ ބޭފުންނަށް ގިނަގިނައިން ގުޅުއްވާ އެ ބޭފުޅުންނަށް ސަޕޯޓް ދެއްވުމަކީ ވަރަށް މުހިންމުކަމެއް،" މަބްރޫކް ވިދާޅުވި އެވެ.