06 May 2020, 07:47
ކާރު އެކްސިޑެންޓެއްގައި މަލަޔާލަމް އެކްޓަރު ބާސިލް ޖޯޖު 30، މަރުވެއްޖެ އެވެ.
ހަބަރުތައް ބުނާގޮތުގައި ބާސިލް މަރުވި އެކްސިޑެންޓް ހިނގީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބަކީ، ބާރު ސްޕީޑުގައި ކާރު ދުއްވުމުން ކާރު ކޮންޓްރޯލް ނުވެގެން ގޮސް އިލެކްޓްރިކް ޕޯސްޓެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި އެކްޓަރު ބާސިލްގެ އިތުރުން ދެ މީހަކު ވަނީ މަރުވެފަ އެވެ.
ފަރުވާއަށް އެމީހުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެމީހުން މަރުވެފައިވާކަމަށް ހަބަރުތައް ބުނެ އެވެ.
އެކްޓަރު ބާސިލް އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ "ޕޫވަލިޔަމް ކުންޖަދުމް" އެވެ. އޭނާ މަރުވިއިރު އޭނާގެ އަނތްބެއް ދުނިޔޭގައި އެބަހުއްޓެވެ.