10 May 2020, 08:49
ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން އާއި ބަތަލާ ޖެކަލީން ފެނާންޑޭޒްގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފިއެވެ.
ޔޫޓިއުބުން މިހާރު އެ ލަވަ ބަލާލެވޭއިރު އެ ލަވައަށް އަންނަނީ ބިޑު ތަރުހީބެއް ލިބެމުންނެވެ. ޖެކަލީން އާއި ސަލްމާން ގެ މި ލަވައާ ގުޅޭގޮތުން ސަލްމާން ބުނީ މި ލަވަ އަކީ އަބަދުވެސް ސިކުނޑިތެރޭ އެނބުރޭ ލަވައެއް ކަމަށެވެ.
"ހިތަށް އެރީ މި ދަނޑިވަޅުގައި މި ލަވަ އާންމުންނަށް ދޫކޮށްލާނީއޭ. މި ލަވައަކީ ފިލްމަކަށް ފިޓްވާ ލަވައަކަށް ނުވާތީ އާއެކު،"
ޖެކަލީން ބުނީ އަބަދުވެސް ފިލްމުތަކާއި ލަވަތައް ޝޫޓްކޮށް އުޅެނީ ބޮޑު ޕްރޮޑަކްޝަން ޓީމަކާއެކު ނަމަވެސް މި ފިލްމުގެ މަސައްކަތް އެއްކޮށް މި ނިންމާލީ ތިން މީހުން އެކުލެވޭ ޓީމަކާއެކު ކަމަށެވެ. އަދި މި ލަވައަކީ އޭނާއަށް ވަރަށް ހާއްސަ ލަވައެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ފުރަތަމަ ފަހަރަށް ލައިޓިން އާއި ޕްރޮޕްސް އަދި މޭކަޕް އާޓިސްޓެއްގެ އިންޗާޖަކަށްވެ ހުރި ޝޫޓިން ނިންމާލި ލަވައެއް މިއީ. އެހެންވެ މި ލަވަ އަބަދުވެސް ހާއްސަވާނެ،"
ސަލްމާން އާއި ޖެކަލީން ވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ރޭސް 3"، "ކިކް" އަދި "ޖުޅްވާ 2" ހިމެނެއެވެ.