ފިލްމު "ބާހުބަލީ" އިން ބޮޑު މަގްބޫލުކަމެއް ހޯދި އެކްޓަރު ރާނާ ދަގޫބަތީ އެންގޭޖްވެއްޖެ އެވެ.

އުމުރުން 35 އަހަރުގެ ރާނާ އެންގޭޖްވެފައި ވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ވިޔަފާރިވެރިޔާ މިހިކާ ބަޖާޖްއާ އެވެ. ރާނާގެ އިންސްޓަގްރާމަށް މިހިކާ އާއި ރާނާގެ ފޮޓޯއެއްލައި ޕޯސްޓުކުރަމުން ބުނީ "ޝީ ސެއިޑް ޔެސް" ކަމަށެވެ.

އެކްޓަރު ރާނާގެ ބައްޕަ ބުނީ ދެމީހުން އެންގޭޖްވުމަކީ މި ލޮކްޑައުންގައި ލިބުނު ވަރަށް ހިތްހަމަޖެހޭ އުފާވެރި ޚަބަރެއް ކަމަށެވެ. އަދި ކޮވިޑް19 ކަންތައްތައް ހަމައަކަށް އެޅުމުން ކައިވެނީގެ ކަންތައްތައް ހަމަޖައްސާނެ ކަމަށެވެ. ރާނާގެ ބައްޕަ ދަގޫބަތީ ސުރޭޝް ބުނީ އެކައިވެނި އަންނަ ޑިސެމްބަރު މަސްތެރޭ ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ހައުސްފުލް4"ގެ އެކްޓަރު ރާނާ އާއި އޭނާގެ ލޯބިވެރިޔާ މިހިކާ އެންގޭޖްވުމާ ގުޅިގެން ރާނާގެ ސަޕޯޓަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.