ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ބޭނުންކުރެވިދާނެ ކަމަށް އަޑު ފެތުރެފައިވާ އެންޓި މެލޭރިއާ ބޭސް ރައްކާތެރިތޯ ބަލަން ކުރިއަށް ގެންދިޔަ ޓްރަޔަލްތައް ޑަބްލިއުއެޗްއޯއިން މަޑުޖައްސާލައިފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބޭހުގެ "ޓްރަޔަލް"ތައް ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހުއްޓާލައިފައިވާ ކަމަށެވެ.

އެންޓި މެލޭރިއާ ބޭސް ހައިޑްރިކްސިކޮލޮރޯކުއައިނިންއިން ކޮވިޑްއަށް ފަރުވާ ދެވިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން އެތަކެއް ފަހަރެއްގެ މަތިން ވަނީ ވިދާޅުވެފަ އެވެ.

ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނީ އެ ބޭސް ބޭނުންކުރުމުން ކޮވިޑް-19 ޖެހިފައިވާ މީހުން މަރުވުމުގެ ފުރުސަތު ބޮޑުވާ ކަަމަށެވެ.

ލޭންސެޓްއިން، ކޮރޯނާ ޖެހިފައިވާ 96،000 މީހުން ބޭނުންކޮށްގެން ކުރި ދިރާސާގައި 15،000 މީހުންނަށް ހައިޑްރޮކްސިކްލޮރޯކުއަނިންއާ އެންޓިބަޔޮޓިކްއެއް ދިނެވެެ. އެ ދިރާސާގައި އަޅާކީ އެހެން މީހުންނާ ބަލާއިރު އެ ބޭސް ބޭނުންކުރި މީހުންނަށް ހިތުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ބުނެފަ އެވެ.

އެ ބޭހަކީ ރައްކާތެރި ބޭހެއް ނޫންކަމަށް ޑަބްލިއުއެޗްއޯއިން ބުނަމުން ދިޔަ ނަމަވެސް ޓްރަމްޕް ފަރުވާލެއް ނުބަހައްޓަވަ އެެވެ. އަދި ކޮވިޑުން ދިފާއުވާން ހައިޑްރޮކްސިކްލޮރޯކުއަނިން ބޭނުންކުރަމުންދާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެެވެ.

ކޮވިޑަށް ފަރުވާކުރުމުގެ ގޮތުން ޑޮކްޓަރެއްގެ ހުއްދައާއި ނުލައި އެ ބޭސް ބައެއްް ބޭނުންކޮށް ގެއްލުންތައް ވަމުންދާތީ ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުވެސްކޮށްފަ އެެވެ. ---ބީބީސީ---