26 May 2020, 21:06
މީޑިއާނެޓުން "ބޫމަރޭންގް އެޗްޑީ" ނަމަކަށް ކިޔާ ކުޑަކުދީންނަށް ހާއްސަ އާ ޗެނަލެއް ތައާރަފުކޮށްފިއެވެ.
މީޑިއާނެޓުން ބުނެފައިވަނީ ކޭބަލް ޓީވީ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ޗެނަލްތަކުގެ ލިސްޓަށް އާ ޗެނަލްއެއް އިތުރުކޮށްފައިވާ ކަމަށެވެ.
ބޫމަރޭންގް އެޗްޑީއަކީ ހުރިހާ އިރެއްގައިވެސް އެންމެ މަގުބޫލު ކާޓޫންތައް އެއްތަނަކުން ބަލާލެވޭނެ ޗެނަލްއެއް ކަމަށް މީޑިއާނެޓުން ބުނެއެވެ. އެގޮތުން ޓޮމް އެންޑް ޖެރީ އާއި މިސްޓަރ ބީން އާއި ސްކޫބީ ޑޫ ފަދަ ކާޓޫންތައް އެ ޗެނަލް އިން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.
އެ ޗެނަލް ބޭނުންވާ ކަސްޓަމަރުން ޖެހޭނީ މީޑިއާނެޓްގެ "ފެމިލީ ޕްލަސް" ޕެކޭޖް އަށް ސަބްސްކްރައިބް ކުރަން ކަމަށް އެކުންފުނިން ބުނެއެވެ. މީޑިއާނެޓުން ބުނެފައިވަނީ ބޫމަރޭންގް އެޗްޑީ އިނާނީ ޗެނަލް203 ގައި ކަމަށެވެ.
ބޫމަރޭންގް އެޗްޑީއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މީޑިއާނެޓުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޒިޔާރަތްކުރުމުން ޗެނަލްގެ ޓީޒާ ޓްރެއިލާ ފަދަ މައުލޫމާތު ލިބިގެންދާނެއެވެ.
މީޑިއާނެޓާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ އެކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް މެސެޖުކުރުމަށް މީޑިއާނެޓުން ވަނީ އެދިފައެވެެ. އޭގެއިތުރުން އެކުންފުނީގެ މެއިލްއަށް އީމެއިލްވެސް ކުރެވިދާނެއެވެ.
މެއިލް:[email protected]