29 May 2020, 21:40
އިތުރު 34 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމްލަ 1,547 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭީ އިން ބުނީ މިރޭގެ 21:00 އާ ހަމައަށް ރާއްޖެއިން ކޮވިޑް19 ގެ އިތުރު 34 ކޭހެއް ފެނިފައިވާ ކަމަށެވެ.
މިއަދު 34 މީހަކު ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ 32 މީހެކެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 21 ރައްޔިތަކާއި، 12 ދިވެހީންްގެ އިތުރުން އިންޑިއާގެ ރަައްޔިތެއް ކަމަށެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާއިރު 242 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.