02 Jun 2020, 09:58
މާލެ ވިލާ ކޮލެޖް ދޮރު މަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ފުޓްސަލް ދަނޑު އެންގުމަކާ ނުލައި އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަކަށް ނެގި މައްސަލައިގައި ކަންބޮޑުވެއްޖެ އެވެ.
މި ފުޓްސަލް ދަނޑަކީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބް އާއި ބްރަދަރ ހުޑް ސްޕޯޓްސް ކްލަބަށް، ކުރީ ސަރުކާރުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެންގްރީމެންޓް އެއް ހެދުމަށްފަހު ދީފައިވާ ދަނޑެކެވެ.
އެއާ އެކު މިހާރު އެތާ އަޅައިފާވާ ޓަރފް ދަނޑަކީ ދެ ކްލަބް އިން އަމިއްލައައް ހަރަދު ކޮށްގެން އަޅާފާވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެކެވެ. އަދި މާލޭގައި ފުޓްސަލް ކުޅޭ ގިނަބަޔަކު ކޮރޯނާ ވައިރަހުގެ ސަބަބުން ދަނޑު ބަންދު ކުރަންދެން އެ ދަނޑު އައީ ބޭނުން ކުރަމުންނެވެ.

އެލްޓީއާއި ބްރަދަހޫޑް ގުޅިގެން މާލޭގައި އަޅާފައިވާ ފުޓްސަލް ދަނޑު ވަށައިގެން ބަންދުކޮށްފައި ---
ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު އެޑިކޭޝަން މިނިސްޓްރީގެ ބޭނުމަކަށް ކޮންސްޓްރަކްޝަން ކުންފުންޏަކާއި ހަވާލު ކޮށްގެން އެ ކުންފުނީގެ މުވައްޒަފުން އައިސް ދަނޑު ވަނީ ވަރަށް ބޮޑަށް ރޫޅާލައިފަ އެވެ. މިކަމާ ދެ ކުލަބުން ވާހަކަ ދައްކާ އެގްރީމަންޓް ދެއްކުމުން ދެން އެފަދަ ކަމެއް ނުހިނގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އޭރު ވަނީ ބުނެފަ އެވެ. އެފަހަރު ދަނޑުގެ މަރާމާތަށް ދެ ކްލަބް އަތުންވެސް ބޮޑު ހަރަދެއް ވަނީ ގޮސްފަ އެވެ.
"އަޅުގަނޑުމެންގެ އަތުން އެފަހަރު އަލުން އަނބުރާ ދަނޑުގެ ޓާފް ރަނގަޅު ކުރުމަށް ވެސް 20 ވަރަކަށް ހާސް ރުފިޔާ ހޭދަވި، މިކަން ނުކުރުމަށް އެދި އެއްބަސްވުމާއެކު ކޮންސްޓްރަކްޝަން ކުންފުންޏަށް ދެއްކުމުން އޭރު މަސައްކަތް ހުއްޓާލާފައި އެމީހުން ދިޔައީ،" ބްރަދަހޫޑް ސްޕޯޓްސްގެ މެނޭޖަރު މުހައްމަދު ޖަޒްލާން ބުންޏެވެ.
އެކަމަކު މި ހަފުތާގައި އަލުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހަވާލު ކޮއްގެން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ގޮސް ވެރި ފަރާތުގެ ހުއްދަ ނުހޯދާ ދަނޑަށް ވަދެ ވަށައިގެން ޓިނު ޖަހާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެލްޓީއާއި ބްރަދަހޫޑް ގުޅިގެން މާލޭގައި އަޅާފައިވާ ފުޓްސަލް ދަނޑު ވަށައިގެން ބަންދުކޮށްފައި ---
"އެގްރީމަންޓްގައި ވާގޮތުން ސަރުކާރު ބޭނުމެއްގަ ދަނޑު ބޭނުން ވެއްޖެ ނަމަ މީލާދީ ގޮތުން ހަ މަސް ކުރިން އެކަން ލިޔުމަކުން ދަނޑުގެ ވެރިފަރާތާ ހަވާލު ކުރަންޱޖެހޭ،" ބްރަދަހޫޑްގެ އޮފިޝަލަކު ބުނެފައިވެ އެވެ.
"އަޅުގަނޑުމެން މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މަޖިލިސް މެމްބަރަކަށާއި، އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ދަންނަވައިފިން. އެކަމަކު އަދި ހަބަރެއް ނުވޭ. ޔޫތް މިނިސްޓްރީއަށް މިކަމުގައި ދެންނެވީމަ ވިދާޅުވީ އެތަނަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތްތަނެއް ނޫންކަމަށް. އެހެންވީމަ އެކަމާ އެ މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނެތް ކަމަށް."
ޖަޒްލާން ބުނީ، ސަރުކާރުން މިކަމަށް އިހުމާލުވަމުން މިދާ ސަބަބެއް ނޭންގޭ ކަމަށެވެ. އަދި މިކަން ސިޔާސީ ކަމެއްގެ ގޮތުގައި ބަލައި ނުގަނެ، އެމްޑީޕީ އަދި ޕީޕީއެމް ވެރިކަމެއް އޮތަސް ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް އޭނާ ވަނީ އެދިފަ އެވެ.
އަދި ދަނޑު އަތުލާނަމަ އަތުލެވޭނީ އެހެން ދަނޑެއް ދީފައި ކަމަށާއި، ނޫނީ ދަނޑައް ހަރަދެއް ކޮށްފަ ހުރީ އާ ޢަދުލުވެރި ބަދަލެއް ދީފަ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވާކަމަށް ޖަޒްލާން ވަނީ ބުނެފަ އެވެ.