03 Jun 2020, 22:34
ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު 36 މީހަކު އެބަލިން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މިއަދު ހަވީރު 6:00އާ ހަމައަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 644 އެވެ. އެއީ ނިސްބަތުން ބަލާއިރު ބަލި ޖެހުނު މީހުންގެ 34.8 ޕަސެންޓެވެ.
ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ބުނީ ރެއާ ހަމައަށް ރަނގަޅުވީ 608 މީހުން ކަމަށެވެ.
ޖުމުލަ 644 މީހަކު ކޮވިޑް19 އިން ރަނގަޅުވެފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1850 އެވެ. އިއްޔެ 12 ކޭސް ފެނުނުއިރު މިއަދު ފެނުނީ ނުވަ ކޭސްއެކެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ ހަތް މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 1197 އެވެ.