ފަންސާސް ހާސް އަހަރު ކުރިން އިންޑިއާ އިން ފެނުނު ފެންގަނޑެއްގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވެއްޖެ އެވެ.

ފިޔާތޮށި ކުލައަށް ބަދަލުވީ އިންޑިއާގެ މަހާރަޝްތުރާގައި އޮންނަ ލޮނަރު ފެންގަނޑެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ފެނުގެ ކުލަ ބަދަލުވީ އެ ފެނުފެ ލޮނުކަން އިތުރުވެ އަލްގޭ ފަދަ މާއްދާތައް އެކުލެވޭތީ އެެވެ. މިހާރުވެސް އޮސްޓްރޭލިއާގައި އންނަ ހިލިއަރު ފެންގަނޑާއި އެމެރިކާގެ އޫޓާގައި އޮންނަ ގްރޭޓް ސޯލްޓް ލޭކް އޮންނަނީ ފިޔާތޮޅު ކުލައިގަ އެވެ.

އިންޑިއާގެ ޖިއޮލޮޖިސްޓެއްކަމަށްވާ ގަަޖަނަން ޚަރާތު ވިދާލުވީ މީގެ ކުރިން ވެސް އެގޮތަށް ކުލަ ބަދަލުވެފައިވާ ކަމަށާއި ނަމަވެސް އެހާ ބޮޑަށް މީގެ ކުރިން ކުލަ ބަދަލުނުވާ ކަމަށެވެ.

"ފެންގަނޑުގެ ކުލަ އެވަނީ ރަތް ކުލައަށް ބަދަލުވާންކައިރިވެފައި. އެއީ މިއަހަރު ލޮނުކަން އިތުރުވުމުން. ފެންގަނޑު ހިނދުމުގެ ސަބަބުން ލޮނުކަން އިތުރުވީ. އެހެންވެ ފެންގަނޑަށް އެވަނީ ގެއްލުން ވެފައި،" ގަޖަނަން ވިދާޅުވި އެވެ.

ގަޖަނަން ވިދާޅުވީ އެ ފެންގަނޑުގެ ކުލަ ބަދަލުވި ގޮތް ބަލަން މިހާރު އެ ފެންގަނޑުގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރަން ލެބޯޓަރީތަކަށް ފޮނުވާފައިވާ ކަމަށެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު އެ ފެންގަނޑު އޮންނަނީ މުމްބާއީއާ 500 ކިލޯ މީޓަރު ދުރުގަ އެވެ. ސީއެންއެންއެން ނިއުސް 18 އިން މީގެ ކުރިން ރިޕޯޓްކޮށްފައި އެ ފެންގަނޑު އުފެދުނީ މީގެ 50،000 އަހަރު ކުރިން ގިނިހިލައެއް ވެއްޓުމާ ގުޅިގެންނެވެ.