17 Jun 2020, 11:11
ދެހާސް އަށާރަވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވް ޖަޔަތޭ 2""ގެ ޝޫޓިން އަވަސް މުސްތަގްބަލެއްގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ފިލްމުގެ ޝޫޓިން ފެށުމަށް ސަރުކާރުން ހުއްދަދިންހާ އަވަހަކަށް އޭގެ މަސައްކަތް ފަށާނެ ކަމަށެވެ. ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ވަނީ ފިލްމުގެ ތަރި ޖޯން އަބްރަހަމް އާ އިއްޔެ ބައްދަލުކޮށްފައެވެ. އެދެމީހުން ބައްދަލުކުރުމަށްފަހު ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކުރަމުން ބުނީ ތިން މަސް ދުވަހަށް ފަހު ހަލްކު އާ ދިމާވެއްޖެ ކަމަށާއި ފިލްމު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.
ޑައިރެކްޓަރު ބުނީ ޖޯންގެ "މުމްބާއި ސާގާ"ގެ ޝޫޓިން އަންނަ މަހު ނިމުމާއެކު މި ފިލްމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރު އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް އިންޑިއާ ލޮކްޑައުންކޮށްފައި އޮތުމާއެކު އަހަރު މި ފިލްމު އެޅުވޭނެކަމަށް ނުބެލެވެއެވެ.
"ސަތިޔަމޭވާ ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.