ހެންވޭރުގައި ހަދަމުންދާ ގެއެއްގެ ވައިގޮޅިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ފުލުހުން ބުނެފައިވަނީ ހަދަމުންދާ ގެއެއްގެ ވައިގޮޅިން ބިދޭސީ ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް މިއަދު 14:18 ގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ ބިދެސީ މީހާ ވެއްޓިފައިވަނީ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ވައިގޮޅިން ބިންމައްޗަށް ކަމަށެވެ.

އެމީހާއަށް މިހާރު އައިޖީއެމްއެޗުގެ އައިސީޔޫއީން ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.