މާލެއިން ފުރައިގެން ގޮސް ބ. ތުޅާދޫގައި ކަރަންޓީނުގައި ހުއްޓައި މިއަދު މަރުވި މީހާ ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެމީހަކީ މި މަހުގެ އަށް ވަނަ ދުވަހު މާލެއިން ތުޅާދޫއަށް ގޮސް ކަރަންޓީނުގައި ހުރި މީހެއް ކަމަށް ތުޅާދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މާހީނޫޒް އަބޫބަކުރު 'ސަން' އަށް ވިދާޅުވި އެވެ.

އޭނާ މަރުވިފަހުން ކޮވިޑަށް ޕޮޒިޓިވްތޯ ބެލުމަށް ހެދި ޓެސްޓެގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަން ވަނީ އެނގިފަ އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ އޭނާ މަރުވި ސަބަބަކީ ކޮވިޑް ނޫން ކަމަށެވެ، އޭނާ މަރުވި ސަބަބެއް ކަމަށް ޑޮކްޓަރު ބުނެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އޭނާ މަރުވުމުގެ ކުރިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.