ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ބޮބީ ޑިއޯލް ފެނިގެންދާ ވެބް ސީރީޒް "އާޝްރާމް" މި މަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

މި ސީރީޒް ރިލީޒްކުރަން ނިންމީ އެމްއެކްސް ޕްލެޔާގަ އެވެ. މި މަހު 28 ވަނަ ދުވަހު ސީރީޒްގެ ފުރަތަމަ ސީޒަން އާންމުންނާ ހަމަހައަށް އަންނައިރު ސީރީޒްގެ ޓީޒާ ޓްރެއިލާ އެއްވެސް ވަނީ ދައްކާލާފަ އެވެ.

ޕްރަކާޝް ޖާ ޑައިރެކްޓްކޮށް ގެނެސްދޭ އެ ސީރީޒްގައި ބޮބީ ޑިއޯލްގެ އިތުރުން ފެނިގެންދާނީ ރޯއީ ސަންޔާލް، އާދިތީ ޕޮހާންކަރު، ދަރްޝަން ކުމާރު އަދި އަދްޔަޔާން ސުމަން އެވެ.

އާޝްރާމް ސީރީޒް މި މަހު ރިލީޒްކުރާއިރު ބޮބީ އަތުގައި ރެޑް ޗިލީޒް އެންޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމު "ކްލާސް އޮފް 83" އެބައޮތެވެ. މި ފިލްމު ރިލީޒްކުރާނީ ނެޓްފްލިކްސް މެދުވެރިކޮށެވެ.

އެކްޓަރު އެންމެ ފަހުން ފެނިގެންދިޔައީ އަކްޝޭ ކުމާރު އާއެކު ހައުސްފުލް 4 އިންނެވެ.