15 Aug 2020, 12:03
ދިޔވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވަނީ ކ އަތޮލުންް ފެށިގެން ތ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާ އިންް ބުނީ ދިޔަވަރު ބޮޑުވާ ވަގުތުގައި ރާޅުގެ އިސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދަށް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުން ކުރިއަށް ލަފަކުރާގޮތަށް ބަލާއިރު ދެކުނުގެ ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުނެ އެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ދިޔަވަރު ބޮޑުވި ވަގުތު އިއްޔެވެސް މާލެ ސަރަހައްދަށް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. އެގޮތުން މާލޭ އާޓިފިޝަލް ބީޗާ ދިމާލުން ހެންވޭރު ކޮޅަށް ވަރަށް ބޮޑަށް އުދަ އެރި އެވެ. އަދި ހުޅުމާލެ ހައިވޭ އަށްވެސް އިއްޔެ ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ.