ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް، ނަގަންޖެހޭ ހުއްދަތައް ނުނަގާ މާލެއިން ތ. ވިލުފުށްޓަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް ރަސްމީ ހުއްދައެއް ނެތި މާލެއިން ރިސޯޓަކަށް ގޮސް، އަދި އެތަނުން ރ. އަލިފުށްޓަށް ދިޔަ ދެމީހަކު މީގެކުރިން ވަނީ ހައްޔަރުކޮށްފައެވެ.

އަދި އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެގެން އައްޑޫ ސިޓީ ފޭދޫއިން 35 އަހަރުގެ އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މާލެއިން ރަށްރަށަށް ދެވޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެންނެވެ. އަދި ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެގޮތަށް އަމުރުކޮށް އެޗްޕީއޭއިން ގައިޑްލައިނެއް އެކުލަވާލީ ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.