ހުޅުމާލޭ ހޮސްޕިޓަލަށް ރޭ ގެންދިޔަ 21 އަަހަރުގެ އަންހެނަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ 11:32 ކަންހާއިރު އުމުރުން 21 އަހަރުގެ އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެ އަންހެން މީހާ މަރުވީ ކިހިނެއްވެގެންކަމެއް ވެސް އޮތީ އަދި ނޭނގުމެއްގެ ތެރޭގަ އެވެ.

މީގެ ކުރިން މަރުވި މީހުން މަރުވުމުގެ ފަހުން ކޮވިޑްއަށް ޓެސްޓްކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ