29 Aug 2020, 22:17
މިއަދު 109 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ގިނައީ ދިވެހިން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 މީހުންނަކީ ދިވެހިންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ 106 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އަނެއް ތިން މީހުންނަކީ ރިސޯޓްތަކާއި ރަށްތަކުގައި ހޯމް ކަރަންޓީނުގައި ތިބި މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 7،578 އަށް ވަނީ އަރާފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 4،925 އެވެ.
ހޮސްޕިޓަލުގައ ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 184 އެވެ. ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައިވާ ވަނީ، 1،482
ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ.