01 Sep 2020, 10:01
ހޮލީވުޑްގެ މަޝްހޫރު ތަރި އެމާ ރޮބާޓްސް 29، އަށް ދަރިއަކު ލިބޭކަން ހާމަކޮށްފި އެވެ.
އިންސްޓަގްރާމްގައި އެމާ އޭނާގެ ލޯބިވެރިޔާ ގެރެޓް ހެލްޑަންސްއާ އެކު ހިއްސާކުރި ފޮޓޯއެއްގައި ބުނީ އޭނާ ބަނޑުބޮޑު ކަމަށެވެ. އަދި ދެމީހުންނަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ. މިއީ އެމާ އޭނާގެ ލޯބިވެރިޔާ އާ އެކު ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ދެމީހުން ފުރަތަމަ ދަރިފުޅެވެ.
އެމާ ބަނޑުބޮޑުކަން ހާމަކުރުމާ އެކު އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުހަބާކިޔަމުންނެވެ. ބަތަލާ އެމާ އާއި ލޯބިވެރިޔާ ގެރެޓް ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރު މާޗު މަހު ހިސާބު އެވެ.
ބަތަލާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެމެރިކަން ހޮރޯ ސްޓޯރީގެ އެކްޓަރު އީވަން ޕީޓާ އާ އެވެ.