04 Oct 2020, 06:37
ސްވިޒަލޭންޑްގެ ޖެނިވާގައި މިނިމަމް ވޭޖްގެ ގޮތުގައި ގަޑިއަކު 25 ޑޮލަރު ކަނޑައަޅައިފި އެވެ.
މިއީ މުޅި ދުނިޔޭގައި ވެސް ގަޑިއަކަށް އެންމެ ގިނައިން މިނިމަމް ވޭޖު ކަނޑައެޅި ގައުމެވެ.
ސްވިޒަންލެންޑްގެ ސަރުކާރުން ނެރުނު ތަފާސް ހިސާބުތަކުގައި ބުނީ އެ އަދަދަށް މިނިމަމް ވޭޖް ދޭން ޖެނީވާ ސަރަހައްދުގެ 58 ޕަސެންޓް މީނުން ތާއިދުކުރާ ކަަމަށާއި އަދި ލޭބާ ޔޫނިއަންތަކުން ވެސް އެގޮތް ބޭނުންވާ ކަމަށެވެ.
ސްވިޒަލެންޑްގެ މައި ސަރުކާރުން މިނިމަމްވޭޖްގެ ގާނޫނެއްް ކަނޑައަޅާފައެއް ނޯވެ އެވެ. ނަމަވެސް މިފަހުގެ އަހަރުތަކުގައި ސްވިޒަލެންޑްގެ ތިން ސަަރަހައްދަކުން ވަނީ މިނިމަމްވޭޖްއެއް ކަނޑައަޅައިފަ އެވެ.
ޖެނީވާގައި އަލަށް ފާސްކުރި ގާނޫނާ އެކު ގަޑިއަކަށް 25 ޑޮލަރު އެ ސަރަހައްދުގައި މަސައްކަތް ކުރާ މަސައްކަތު މީހުންގެ ތެރެެއިން ހަ ޕަސެންޓް މީހުންނަށް ދޭން ޖެހޭނެ އެވެ.
މިފަހުން ފެތުރެން ފެށި ކޮރޯނާ ވައިރަސްއާ ގުޅިގެން އެޅި ފިޔަވަޅުތަކާ އެކު އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ އިރު ހިލޭ ބަހަމުންދާ ކާތެކެތި ހޯދުމަށް ގިނަ ބަޔަކު މިހާރު ވެސް ބޮޑު ކިއޫއެއް ހަދާފައި އޮވެ އެވެ.
ސްވިޑަލެންޑްގެ ޑިލޮއިޓް ކުންފުނީގެ ޗީފް އިކޮނޮމިސްޓް މައިކަލް ގްރޭޕްމް ވިދާޅުވީ މިނިމަމް ވޭޖަށް ގިނަ ބަޔަކު ވޯޓު ދިނީ ކޮރޯނާއާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާ ހުރެ ކަމަށެވެ.---ސީއެންއެން--