09 Oct 2020, 14:15
ކޮރޯނާވައިރަސްގެ އަސަރު އިގްތިސާދީ އަދި މާލީ ގޮތުން މުޅި ދުނިޔެއަށް ވަނީ ފޯރާފަ އެވެ. ރާއްޖެއަށް ބަލައިފިނަމަ، މާޗް ހަތްވަނަ ދުވަހު މި ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުމާއެކު ޕެންޑެމިކްގެ އަސަރު ރާއްޖެއަށް ވެސް ވަނީ ފޯރާފަ އެވެ. ފްލޫ ކްލިނިކްތަކާއި ލެބޯޓްރީތަކަށް ބާރުބޮޑެވެ، މީހުން އެއްވެ އުޅުން ކޮންޓްރޯލު ކުރަން ފިޔަވަޅުތައް އަޅައި ލޮކްޑައުންއަކަށް ދިޔަ އެވެ.
މިއާއެކު މާޗް 15ވަނަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މި ޕެންޑެމިކްގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާން ފަށައި، ހެލްތު ސްކްރީނިން އަދި ހޮސްޕިޓަލަށް މީހުން ޒިޔާރަތްކުރުން މަނާކުރުން ފަދަ ކޮވިޑް19އާ ގުޅޭ ޕްރޮޓޮކޯލްތަކަށް އަމަލުކުރަން ފަށާފަ އެވެ. އެހެން ނަމަވެސް ގްރޭޓާ މާލެ ސަރަހައްދުން ފެނުނު ކޭސްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވުމާއެކު މެއި މަހުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދޮރު، އާންމުންނަށް ބަންދުކުރަން ޖެހުނެވެ.

ނިއު ނޯމަލްގައި ޓްރީޓޮޕް ހޮސްޕިޓަލް: ބަރާބަރަށް ޑިސްއިންފެކްޓްކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަ.
ވަގުތީ ގޮތުން ހިދުމަތްތައް މެދުކަނޑާލި ނަމަވެސް ޓްރީ ޓޮޕްއިން ދިޔައީ ވަރަށް ގާތުން ގައުމުގެ ހާލަތު ބަލަމުންނެވެ. އަދި ހޮސްޕިޓަލް އަލުން ހުޅުވާލީ ޖުލައި މަހުގަ އެވެ. މީގެ އެއް މަސް ކުރިން ޓްރީ ޓޮޕްގެ އިންފެކްޝަން ޕްރޮޓެކްޝަން އެންޑް ކޮންޓްރޯލް ޑިޕާޓްމަންޓުން ވަނީ އެ ހޮސްޕިޓަލުގެ ހުރިހާ ފްލޯތައް ވަކިވަކިން ސްކްރީންކޮށް، ސެނިޓައިޒް ކޮށްފަ އެވެ. އަދި އިންފެކްޝަން ފެތުރުނު ނުދިނުމަށްޓަކައި ކުރިން އަމަލުކުރަމުންދިޔަ ޕްރޮޓޮކޯލްތައް އިތުރަށް ވަރުގަދަކުރި އެވެ.
މި ހަރުކަށި ގައިޑްލައިންތަކުގެ ދަށުން ޓްރީ ޓޮޕްގެ ހުރިހާ މުވައްޒަފުން ވެސް، ހޮސްޕިޓަލުން ބަލައިގަންނަ ފެންވަރުގެ ފޭސް މާސްކު އަޅައި، ހައިރިސްކު ސަރަހައްދުތަކުގައި އިތުރު ޕީޕީއީ ބޭނުންކުރަން ޖެހެ އެވެ. ކައުންޓަރުތަކުގައި ފައިބަގްލާސް ސްކްރީންތަކެއް ހަރުކޮށް، ހޮސްޕިޓަލަށް ވަންނަ ގޭޓު ކައިރީގައި ސްކްރީނިން ހިދުމަތް ދިނުމަށް ހާއްސަ ސްޓާފުންގެ ޓީމެއް ކަނޑައެޅި އެވެ.
ނިއު ނޯމަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް19 ޕޭޝަންޓަކާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރަން އަބަދުވެސް ޓްރީ ޓޮޕްއިން އަންގަ އެވެ. އަދި ވަޒީފާއަށް އަނބުރާ އާދެވޭނީ ޑޮކްޓަރަށް ދައްކައި، 'ފިޓް ޓު ވޯކް' ލިޔުމެއް ލިބުމުންނެވެ. މިކަންކަމުގެ އިތުރުން މުވައްޒަފުންގެ މެދުގައި ބާއްވާ ބައްދަލުވުންތައް މަދުކޮށް، ގައިދުރުކަން އިތުރުކުރުމަށްޓަކައި ވޯކް ސްޓޭޝަންތައް ބަހައްޓާފައި ހުރި ތަންތަން ވެސް ޓްރީ ޓޮޕްއިން ވަނީ ބަދަލުކޮށްފަ އެވެ.
ކޮވިޑް19ގެ ގިނަ ކޭސްތަކަކީ ބަލިޖެހިފައި ހުންނަ މީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަ، އެސިމްޓަމެޓީކް ކޭސްތަކަކަށް ވުމުން ޓްރީ ޓޮޕްއިން ދަނީ އަބަދުވެސް މުވައްޒަފުންގެ މެދުގައި ރެންޑަމްކޮށް ޓެސްޓު ކުރަމުންނެވެ. މިއީ މި ބަލި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތެރޭގައި ނުފެތުރޭކަން ކަށަވަރު ކުރުމަށްޓަކައި ކުރާ ކަމެކެވެ.

ނިއު ނޯމަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕްގެ ތެރޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކޮށްފައިވާއިރު، އިންފެކްޝަން ނައްތާލުމަށްޓަކައި ވެސް އެ ހޮސްޕިޓަލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ހައި ރިސްކް ކެޓަގަރީގެ ބަލިމީހުން އައިސޮލޭޓް ކުރުމަށްޓަކައި ވަކި ފްލޯއެއް ކަނޑައަޅައި، އަޔޮނައިޒާ ހިމެނޭ އެޗްއީޕީއޭ ފިލްޓަރު ވަނީ ހަރުކޮށްފަ އެވެ. އެޗްއީޕީއޭ ފިލްޓަރުން ލެމިނާ އެއާފްލޯ (އެއްކޮޅަކަށް، އެއް ސްޕީޑެއްގައި ދައުރުވާ ވައި) ފޯރުކޮށްދީ، ވައި ސާފުކޮށްދެ އެވެ. މީގެ ސަބަބުން އެއްވެސް އެއާބޯން އިންފެކްޝަނެއް އެތަނުގެ ތެރޭގައި ނުހުންނާނެ އެވެ.
"ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުން ރައްކާތެރިކަން އިހުސާސު ކުރެވޭ. އެންމެން ވެސް މާސްކު އަޅަ، ގައިދުރުކަން އިސްކޮށްގެން ތިބޭތަން ފެންނަނީ. ސެނިޓައިޒާ ފުޅިއެއް ފެންނައިރަށް އަތް ސެނިޓައިޒް ވެސް ކުރޭ." ޓްރީ ޓޮޕްއިން ހިދުމަތް ހޯދި މީހަކު ބުންޏެވެ.

ނިއު ނޯމަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕްގެ ވެއިޓިން އޭރިއާގައި ތިބެވޭ މީހުން މަދުކުރި ކަމާއި ހޮސްޕިޓަލް ގްރޭޑަޑް ފޭސް މާސްކު އެޅުމަށް، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފަ އެވެ.
"އާންމުން ހޮސްޕިޓަލަށް ވަނުމުގެ ކުރިން ހޮސްޕިޓަލުން ފޯރުކޮށްދޭ މާސްކެއް އަޅަންވާނީ. މި މާސްކު މަގުމައްޗަށް އެއްލާނުލައި، ޒިންމާދާރުކަމާއެކު ޑިސްޕޯސްކުރަން އަޅުގަނޑުމެން އިރުޝާދު ދެން." ޓްރީ ޓޮޕް ހޮސްޕަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް
މި ހާލަތުގައި ބަލިމީހަކާއެކު އެހީތެރިއަކަށް ޒިޔާރަތް ކުރެވޭނީ އެކަކަށެވެ. އަދި ބަލިމީހުން ގާތަށް ޒިޔާރަތްކުރުމުގައި ވެސް އެއްފަހަރާ ގިނަ މީހުން ނައުމަށް ޓްރީ ޓޮޕްއިން އިލްތިމާސްކުރެ އެވެ.
"އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރެވޭނެ ގޮތް ހަމަޖައްސައިދޭން އެދި ވަރަށް ގިނަ ރިކުއެސްޓް ލިބޭ. އާންމުންގެ ކަންބޮޑުވުން ހުންނާނެކަން އަޅުގަނޑުމެންނަށް އެނގޭ. އެހެން ނަމަވެސް ހޮސްޕިޓަލަށް ނުވަތަ ބަލިމީހާއަށް އިންފެކްޝަނެއް ފެތުރުމުގެ އެއްވެސް ރިސްކެއް އަޅުގަނޑުމެންނަށް ނުނެގޭނެ." އޮފިޝަލް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް
ހުއްޓުމެއް ނެތި ކޮވިޑް19ގެ އިންފެކްޝަން ފެތުރެމުންދިޔަ ނަމަވެސް، ޓްރީ ޓޮޕްގެ ހިދުމަތްތަކަށް ބުރޫއެއް އަޔަނުދިނުމަށްޓަކައި ގިނަ ހުރަސްތަކާއެކު މިފަދަ ދަތި ދުވަސްވަރެއްގައި ވެސް އެ ހޮސްޕިޓަލުގެ މުވައްޒަފުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ނިއު ނޯމަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް

ނިއު ނޯމަލްގައި ޓްރީ ޓޮޕް ހޮސްޕިޓަލް
ދުއިސައްތަ ދިހަ އެނދުގެ ޖާގައާއެކު 2018ވަނަ އަހަރު ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވި ޓްރީ ޓޮޕްއިން ދަނީ ކޮވިޑް19 ޕެންޑެމިކްގައި ކޮށްފައިވަނީ ނަމޫނާ މަސައްކަތްތަކެވެ. އަދި މުސްތަގްބަލުގައި މުޅިން އާ ހިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.