27 Oct 2020, 10:21
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ސިއްހީ ހަލުކޮޅު ދެރަވެ، އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރުގެ ސިއްހީ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލަށް ގެންދިޔުމަށް މެންބަރުންގެ އެހީގައި ނިކުމެވަޑައިގަންނަވާތަން ފެންނަ ފޮޓޯތައް ވަނީ އާންމުވެފަ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމުގެ ސިއްހީ ހަލު ގޯސްވެ އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށް އެ ޕާޓީ އިން ބުންޏެވެ. ނަމަވެސް ޝިޔާމުގެ ސިއްހީ ހާލުކޮޅާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ޕީޕީއެމް އިން ބުނީ ޝިޔާމް ހޮސްޕިޓަލަށް ގެންގޮސް ޓެސްތު ތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.