01 Nov 2020, 11:55
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މެދުރާއްޖެ ތެރޭގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހު 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ވަނީ ތަސްދީގުކުރައްވައިފި އެވެ.