އުމުރުން އެންމެ ތިން އަހަރުގައި ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފިއެވެ.

ފިލްމު "ޑަންގަލް" އިން އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި ބަތަލާ ފާތިމާ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބުނީ އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް ވޭން އުފުލަންޖެހުނު ކަމަށާއި އަދި ޖިސްމާނީގޮތުން ވަރަށް ބޮޑަށް ބަލިކަށިވިކަމަށެވެ.

އޭނާ ބުނީ ފުރާވަރުގައި ވެސް އޭނާ އަށް ޖިންސީ ފުރައްސާރަކުރިމަށާއި ބޮޑުވެގެން އޭނާ ވާނީ ކަސްބީއަކަށް ކަމަށް މީހުން ބުނެ އުޅުން ކަމަށެވެ. އަދި ޖިންސީ ގޯނާ އާ ކުރިމަތިވުމުގެ ސަބަބުން ކުރާނެ ރަނގަޅު މަސައްކަތެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު އޭނާ ގާތު ބުނި ކަމަށާއި އަދި އާމްދަނީ ހޯދުމަށް ހަށިވިއްކަން ވެސް މީހުން ހިއްވަރުދިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެކަންތައްތައް ދިމާވެފައި ތިބި މީހުން ފާޅުގައި އެވާހަކަ ދައްކަންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ފާތިމާ ވަނީ ބުނެފައެވެ. އޭނާ ބުނީ ބޮލީވުޑްގައި ވެސް އެފަދަ ކަންތައްތަކާ ކުރިމަތިލާންޖެހުނު ކަމަށާއި ކާސްޓިން އަށް ދިޔަ ދުވަސްކޮޅު އެކަހަލަ އޮފާތައް ވެސް އޭނާ އަށް ލިބުނު ކަމަށެވެ. ނަމަވެސް ފާޅުގައި އެކަންތައްތަކަށް އިންކާރުކުރުމުން މަސައްކަތް ގެއްލުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފާތިމާ ސަނާ އަކީ ކުޑައިރުން ފެށިގެންވެސް ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.