ރާއްޖެއިން މިއަދު ނެގި 1،318 ސާމްޕަލުން 59 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހީންނާއި 30 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 33 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 11،796 އަށް އަރާފަ އެވެ.

މި ބަލިން މިއަދު 46 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 10،962 އެވެ.

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 776 އެވެ. އަދި މިބަލީގައި ރާއްޖެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.