Last Updated:
1 decade 4 year ago

ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށްފަހު މުޒާހަރާ ނިންމާލައިފި

    ބުލޮގު ޚުލާސާ
    އިދިކޮޅު ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާ މިރޭ ވެސް އެމްއެމްއޭ ސަރަހައްދުގައި މިރޭ ވެސް ފަށައިގެން ކުރިޔަށް އެބަދެއެވެ. މިރޭ މުޒާހަރާ 8:30 ގައި ފަށާފައިވާއިރު މުޒާހަރާގެ ބައިވެރިން ތިބީ އެމްޓީސީސީ ބިލްޑިން ކައިރީގަ އެވެ. ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅު ކުރަމުންދާއިރު ފުލުހުންގެ ސަފުތައް ވަނީ އެ ހިސާބުގައި ރުކުރުވާލާފަ އެވެ.
    01:20އެމްއެމްއޭ ސަރަހައްދުން

    ސަރުކާރާ ދެކޮޅަށް ކުރަމުން އައި މުޒާހަރާ ނިންމާލައިފިކަން ރަސްމީކޮށް ނިންމާލައިފި. މުޒާހަރާ ނިންމާލީ މާދަމާއަކީ ހަފުތާ ބަންދަށް ފަހު ސްކޫލްތައް ފަށާ ދުވަސް ކަމަށްވާތީ ކަމަށް. އިއުލާންކޮށްފައި ވަނީ މާދަމާ ރޭވެސް 8:30 ގައި މުޒާހަރާ ކުރަން ނުކުތުމަށް.
    01:03އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާގައި ބައިވެރި ވާހަކަފުޅު ދެއްކެވި އިސް ބޭފުޅުން މިހާރު ވަނީ މުޒާހަރާ ދޫކޮށް ވަޑައިގެންފައި. ނަމަވެސް މުޒާހަރާގެ ބައިވެރިން މަދެއް ނުވޭ. މިހާރު ވެސް ފުލުުން ދަނީ އިންޒާރު ދެމުން. ފުލުހުން އެދެމުން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް.
    00:13އެމްއެމްއޭ ސަރަހައްދުން

    މިހާރު ވާހަަކަ ދައްކަވަނީ. އޭނާ ފުލުހުންނަށް އިލްތިމާސް ކުރަނީ ރައީސް ނަޝީދު ވަނީ ގާނޫނުތަކުގެ މައްޗަށް ފައިން އަރާ ބައިނަލް އަގުވާމީ އުސޫލްތަކާ ހިލާފުވެފައި ކަމަށް. އެމްޑީޕީ ހަރުގެއަށް ގޮސް މީހުން ހައްޔަރު ކުރުމަށާއި މުލީއަގެއަށް ގޮސް ގައުމުގެ އެންމެ ބޮޑު އެންމެ ބޮޑު މުޖުރިމް ހައްޔަރު ކުރުމަށާއި ކޮމިޝަނަރު ފެންނައިރަށް ހިނގަތުމަށް ވެސް ނިހާނު ފުލުހުންނަށް ގޮވާލި. އެމްޑީޕީގެ މީހުން ފިނޭންސް މިނިސްޓަރުގެ ގަޔަށް އަރައިގަތް އިރު ފުލުހުން ކޮބައިތޯ ވެސް ސުވާލު ކުރެއްވި
    00:10އެމްއެމްއޭ ސަރަހައްދުގައި

    މިހާރު ވާހަކަ ދައްކަވަނީ މަހުލޫފު. އޭނަ ވިދާޅުވަނީ ފުލުހުން އަރައިގަންނަން އަންނަނަމަ އެންމެން އިށީނުމަށް. އަޅުގަނޑުމެން މިތިބީ ސުލްހަވެރި ކަމާއެކު. އަޅުގަނޑުމެންގެ ބޮލުގައި ވަނީ ބައިވަރު އިލްޒާމްތައް އަޅުވާފައި. ފަހަތަށް ނުޖެހުމަށާއި ގާނޫނީ ގޮޅިއަކަށް ނުފެތޭނެ ކަމަށާއި ޖުމްހޫރީ މައިދާނުގައި ވެސް މުޒާހާރަ ކުރެވޭނެ ކަމަށް ވަނީ މިއަދު ކޯޓުން ކުރި އަމުރުން ސާބިތުވެފައި. އަދި ރައީސް ނަޝީދާއި ހޯމް މިނިސްޓަރާއި މޫސާ އަލީ ޖަލީލާއި ފަސީހާއި ޑިފެންސް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލި
    00:09އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާ ނިންމާލާފައި ދިއުމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދެމުންދާއިރު މުޒާހަރާގެ ބައިވެރިން ގެންދަނީ އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ގޮވާލަމުން. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރަން ގޮވަލަމުން.
    ނައިބު ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެމްޑީޕީ މައި ހަރުގެއިން

    ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވަން ލަދުފުޅު ގަންނަ ކަމަށް ވަންޏާ އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ހަރުގޭގައި ބާރު ދާއިރާގެ މެންބަރު ޝިފާޒު، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކޮށް ގޮވަލައްވައިފި.
    ރައްޔިތަކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ، ވީނުވީއެއް ނޭނގި ގެއްލުމަށް ސަރުކާރުން މެދުވެރިކުރުވާފައިވާ ގޮތާ މެދު އަޅުގަނޑުގެ ކަންބޮޑުވޭ ނާއިބު ރައީސަކަށް އަޅުގަނޑު އިންތިޚާބުކޮށްފައިވާ ސަރުކާރެއްގައި މި ކަންތައް ހިނގަމުންދާތީ އަޅުގަނޑު މިވަނީ މުޅިން ސިހިފައި
    23:59އެމްއެމްއޭ ސަރަހައްދުން

    މުޒާހަރާ ނިންމާލުމަށާއި އެ ސަރަހައްދުން ދިއުމަށް ފުލުހުން ދަނީ އިންޒާރު ކުރަމުން. ފުލުހުން އިންޒާރު ދޭން ފަށާއިފައި ވަނީ 11:45 ގައި. ފުލުހުން ބުނަމުން ދަނީ 12:00 ޖަހާއިރަށް މުޒާހަރާ ނިންމާލާފައި ދިއުމަށް. މުޒާހަރާ އަދިވެސް ކުރިޔަށް ދަނީ.
    23:56އެމްއެމްއޭ ސަރަހައްދު: އަދާލަތުގެ ރައީސް، އިމްރާން

    އަޅުގަނޑުމެނާ މެދު އަޅުގަނޑާ މެދު ކުރަނީ ހައްގު ދައުވާ އެއް ނޫން. އަޅުގަނޑުގެ އުފާވެރި ކަމަކީ ދޫނިދޫ މިސްކިތުގައި ނަމާދު ކުރެވުން. މިރޭ ފޮނިވާލިއަސް މާދަމާރޭ ފޮނުވާލިއަސް އަޅުގަނޑުމެން މި މަސައްކަތް ހުއްޓައެއް ނުލާނާން.
    23:51އެމްއެމްއޭ ސަރަހައްދުން: އަދާލަތުގެ ރައީސް، އިމްރާން

    މިހާރު ވާހަކަފުޅު ދައްކަވަނީ ޝައިހު އިމްރާން. އޭނާ ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ 24 ފެބުރުއަރީއަށް ވޯމް އަޕް ކުރުން ކަމަށް. އެދުވަހަށްވާއިރަށް އަޅުގަނޑުމެން އެދޭ ގޮތަށް ކަންކަން ނުނިންމައިފިއްޔާ ރައީސް ނަޝީދުގެ ސަރުކާރުގެ ކަންތައް ނިންމާނީ ރައްޔިތުން ކަމަށް. އަޅުގަނޑަށް ވަރުހަމަ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް. އަޅުގަނޑުމެން ބޭނުން ވަނީ ގާނޫނުގެ ވެރިކަން. އަދުވެރި ވެރިކަން. އަޅުގަނޑުމެން ހާހެއް ނުވޭ. ބާތިލުގެ ކުރިމަތީގައި އަޅުގަނޑުމެންގެ ބޯ ލަނބައެއް ނުލާނަން. އަޅުގަނޑު ނުކުމެ މިހުރީ ވަސިއްޔަތްކޮށް ފުރާނަ އަތްމައްޗައްލައިގެން. މި މަސައްކަތް ނިމެންދެން އަޅުގަނޑުމެން ކޮންމެ ރެއަކު މި މަސައްކަތް ކުރާނަން.
    23:27އެމްއެމްއޭ ސަރަހައްދުން

    މިހާރު ވާހަކަފުޅު ދައްކަވަނީ އަދާލަތުގެ ނައިބު ރައީސް ޑރ. މަައުރޫފު. އޭނާ ވިދާޅުވީ ބަޔަކު ޖަލަށް ލައިގެން އެއްވެސް ކަމެއް ހައްލެއް ނުވާނެ ކަމަށާއި މިއީ ޕާޓީއެއްގެ ކަމެއް ނޫން ކަމަށާއި މިއީ ރައްޔިތުންގެ ކަމެއް ކަމަށް. އަދި މީޑިއާ ދުވަސް ދުއްވާލަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ދީގެން ނުވާނެ ކަމަށް.
    ތަސްމީންއެއެމްއެމްއޭ ސަރަހައްދު

    މިވަގުތު ވާހަކަފުޅު ދައްކަވަނީ އަހުމަދު ތަސްމީން އަލީ. އަދާލަތުގެ ރައީސް އިމްރާނު ވެސް ވަނީ މުޒާހަރާއާ ގުޅިވަޑައިގެންފައި. ތަސްމީން ވިދާޅުވީ މިއަދުގެ ސަރަކުރާށް ކުރިޔަށް އޮތްތަނުގައި ވެސް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ސަރުކާރަށް ވެލިކާން ދޭނެ ކަމަށް. އަދި ކުރިޔަށް އޮތްތާންގައި ވެސް ވެލިކާން ދޭނެ ކަމަށާއި ސަރުކާރަށް ޖެހޭނީ ވެލިކާން ކަމަށް.
    ސަރުކާރަށް ޖެހޭނީ ވެލިކާން. ވެލިކާން. ކުރިޔަށް އޮތްތާނގައި ވެސް ޖެހޭނީ ވެލިކާން. ކުރިން ވެސް އޮންނަނީ. ވެލިިކާންދީފައި.
    ޔާމީން (މުޒާހަރާގައި)ޔާމީން: އެމްއެމްއޭ ސަރަހައްދުން

    ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނޭ ވިދާޅުވި ނަމަވެސް އިރުއިރިކޮޅާ ސިޔާސީ ބޭފުޅުން މިހާރު ހައްޔަރު ކުރަމުންދާ ކަމަށާއި ސަރުކާރުގެ އަމަލުތައް ވަނީ ދީނާއި ދުސްތޫރާ ޚިލާފުވެފައި ކަމަށް މިހާރު މައްސަލަތައް ނިންމަވަނީ ވެސް ހުކުމްކުރަނީ ވެސް ދިފާއުކުރަނީ ވެސް އަދި މައްސަލަ ރައްދުވަނީ ވެސް ރައީސް ކަމަށާއި އެއީ މާ ކުރީ ޒަމާނުގެ ނިޒާމެއް ކަމަށް. އަދުލު އިންސާފްގެ ދާއިރާގައި އަޅުވާފައި ހުރި ޗޭނު ނައްޓާލުމަށާއި ކްރިމިނަލް ކޯޓްގެ އިސް ޣާޒީ އަބްދުﷲ މުހައްމަދު ހުންނެވީ ރަހީނު ކޮށްފައި ކަމަށާއި. އަދި ވަލިއްޔުލް އަމްރު އެއީ ތަސައްރަފް ފުދޭ ބޭފުޅެއްތޯ ވެސް ޔާމީން ސުވާލު ކުރެއްވެވި ޔާމީން ވިދާޅުވީ މިހާރު ކުރާ މަސައްކަތަކީ އެންމެންގެ މަސައްކަތެއް ކަމަށް. އެންމެން އެކުވުމަށް
    މިހާރު އޮތް ހާލަތަކީ ހުކުމްކުރަނީ ވެސް މައްސަލައިގައި ދިފާއުކުރަނީ ވެސް މައްސަލަ ރައްދުވަނީ ވެސް ތިމަންނައަށޭ ބުނާ އުސޫލެއް. އެއީ މާ ކުރީ ޒަމާނުގެ ނިޒާމެއް
    23:12

    ޑީއާތްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މުޒާހަރާއާ ގުޅިވަޑައިގެންފި
    22:55

    މުޒާހަރާގައި ޔާމީން ވާހަކަފުޅު ދައްކަވަން ފަށައިފި.
    22:49

    މުޒާހަރާ ކުރަމުންދާއިރު ތައްޔާރީ ހާލަތުގައި ތިބި ފުލުހުންގެ ސަފުތަކުގެ ކުރިމައްޗަށް އަރާ ހުރިހާ ފުލުހުންނާ ދިމާއަށް ވަކިވަކިން ސަންދާން އަހަންމައިދީ ވަހަކަ ދައްކަވާ ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށް އެދެމުން އެބަދޭ.
    22:45އެމްޑީޕީގެ މައި ހަރުގެއިން

    އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިންގެ އިތުބާރު ނެތް ކަމުގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވުމަށް މަޖިލިސް މެންބަރު ގައްދޫ ޒާހިރު އެމްޑީޕީގެ ހަރުގޭގައި ރައީސުލް ޖުމް ހޫރިއްޔާއަށް ގޮވާލައްވައިފި
    22:42އެމްއެމްއޭ ސަރަހައްދުން

    ޕީޕީއެމްގެ އިލްހާމް ވާހަކަފުޅު ދައްކަވަން ފަށައިފި. އިލްހާމް ގެ ވާހަކަފުޅު ބިނާކޮށްފައި ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވުމަށް. ރައީސް ނަޝީދު ހިފާ ހައްޔަރު ކުރުމަށް ވެސް އިލްހާމް ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލަފައި. އޭނާ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުން މުޅި ގައުމު ހައިޖާން ވެފައިވާ ކަމަށް. އަދިވިދާޅުވީ ސަރުކާރު ބަދަލު ކުރާނެ ކަމަށް.
    22:30އެމްއެމްއޭ ސަރަހައްދުން

    މަދަނީ އިއްތިހާދުގެ ނައިބުގެ ރައީސް އަބްދުﷲ މުހައްމަދު ގެންދަވަނޫ ވާހަކަފުޅު ދައްކަވަމުން. އޭނާ މައިގަނޑު ގޮތެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ވާކޮށް މީހުން ހައްޔަރު ކުރަމުންދާ ދިއުން ހުއްޓާ ނުލާނަމަ މުޒާހަރާތައް ހުއްޓާނާ ނުލާނެ ކަމަށް. އޭނާ ވިދާޅުވީ މިރޭގެ ފަހުގެ ހިސާބެއްގައި ސިއްރެއް ހިއްސާ ކުރައްވާނެ ކަމަށް
    22:24

    މުޒާހަރާގައި މިހާރު ވާހަކަފުޅު ދައްކަވަނީ ޕީޕީއެމްގެ ޑރ. އަފްރާޝީމް. އޭނާ ގެންދަވަނީ ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑު ވިދާޅުވަމުން.
    22:11

    ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ވެސް މުޒާހަރާގައި ވާހަކަ ދައްކަވައިފި. އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރު ބަަލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައި
    22:08

    ހުކުރު ދުވަހުގެ މުޒާހަރާގައި ޖުމްހޫރީ މައިދާނުން ހައްޔަރުކޮށްފައި ވަނިކޮށް މިއަދު ދޫކޮށްލި ބައެއް ފަރާތްތައްވެސް މިރޭ މުޒާހަރާއާ ގުޅިފައިވޭ. ދާދިދެންމެއަކު ޕީޕީއެމްގެ ނިހާނު ވެސް ވަނީ ވާހަކަފުޅު ދައްކަވަފައި.
    21:59

    މިރޭވެސް ގިނަ އަދަދަަށް މުޒާހަރާއަށް މީހުން ޖަމާވެފައިވޭ. މުޒާހަރާ ކުރިޔަށްދަނީ ސަރުކާރާ ދެކޮޅަށް އެކިއެކި ޝުއޫރުތައް ފާޅު ކުރުމާއެކު ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީ ދޫކޮށްލުމަށް. އަދި ރައީސް ނަޝީދާއި ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވަލާއިރު ފުލުސް ކޮމިޝަނަރު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިސް ތިއުފާއަށް ވެސް ގޮވާލާ. މިރޭ މީހުން ޖަމާވެފައިވަނީ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ގޮވާލާ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން