21 Nov 2020, 21:56
އިމެޖެންސީ ހާލަތުގައި އެމެރިކާގައި ފައިޒާ ވެކްސިން ބޭނުންކުރަން ހުއްދައަށް އެދިއްޖެއެވެ.
ކޮވިޑާ ދެކޮޅަށް ފައިޒާއާ ބިއޯންޓެކް ގުޅިގެން އުފެއްދި ވެކްސިންއަސް ހުއްދަ ދޭނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހުއެވެ.
މިހާރު ބެލެވިފައިވާގޮތުގައި އެ ވެކްސިނަށް އަންނަ މަހު ހުއްދަ ދޭނެއެވެ. މިހާރުވެސް އިނގިރޭސިވިލާތުން ވަނީ ފައިޒާ ވެކްސިންގެ 10 މިލިއަން ޑޯޒްއަށް އޯޑަރު ދީފައެވެ.
ފައިޒާއިން ބުނީ ޖުމްލަކޮށް އެ ވެކްސިން 90 ޕަސެންޓް ކާމިޔާބު ކަމަށެެވެ.
ފައިޒާއިން ބުނީ އެ ވެކްސިންގެ ސައިޑް އިފެކްޓެއް ފާހަގަކުރެވިފައި ނުވާ ކަމަށެެވެ. ނަމަވެސް ވެކްސިން ޖެހި ބައެއް މީހުން ބޮލުގައި ރިއްސުމާއި ވަރުބަލިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ފައިޒާގެ ވެކްސިންގައި ބޭނުންކޮށްފައިވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. އެ ވެކްސިން ޖެހުމުން ވެކްސިންގެ ޖެނެޓިކް ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެންޓި ބޮޑީސްތައް ހަށިގަނޑުގައި އުފައްދަ އެވެ.