ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު މިއަދު 11:57ހާއިރު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޓޯވްޔާޑު ކުރިމަތީ ފަޅުތެރެއިންވެސް މަރުވެފައި އޮތް މީހަކުވަނީ ފެނިފަ އެވެ.