16 Dec 2020, 15:40
ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ސެކެޓްރީ ޖެެނެރަލްއެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރީ އެ މަގާމުގައި ހުންނެވި އެމްޑީޕީ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ގާނޫނޫ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެވި އަނަސް އެމްޑިޕީގެ ސެކެޓްރީ ޖެނެރަލްކަމަށް އައްޔަނުކުރީ 2015 ވަނަ އަހަރު އެވެ.
އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ.
ސެކެރެޓަރީ ޖެނެރަލަކު ހޯދަން ކުރި އިއުލާނުގައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ގޮތުގައި ހުންނަން ޖެހެނީ މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއި ޔުނިވާސިޓީ ޑިގްރީއެއް ހާސިލްކޮށްފައިވުމެވެ. އަދި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައިވުންވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެސްޖީކަމަށް ޝަރުތު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެމްޑީޕީގެއިދާރީ އޮފީސް، ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ އަށެވެ.