16 Dec 2020, 22:28
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 10 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 18:00އިން މިއަދު 18:00 އަށް 2،297 ސާމްޕަލް ވަނީ ނަގާފަ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތެރެއިން އެކަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން ދެމީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،402 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،786 އެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 48 އެވެ.