04 Jan 2021, 08:32
މިދިޔަ މަހު ފަހުކޮޅު ކޮވިޑް19 އަށް ޕޮޒިޓިވްވި ބޮލީވުޑްގެ ބަތަލާ ރަކުލް ޕްރީތު ކޮވިޑުން ރަނގަޅުވެ "މޭޑޭ"ގެ ޝޫޓިން ފަށައިފި އެވެ.
ބަތަލާ ރަކުލް އަށް ކޮވިޑް ޖެހުނީ ދާދިފަހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް ގޮސް ފިލްމުގެ މަސައްކަތްކުރަމުން ދަނިކޮށް ފިލްމުގެ ޝޫޓިން ތެރޭ އުޅެނިކޮށެވެ. ރަކުލް ޕޮޒިޓިވްވުމާއެކު އެ ފިލްމުގެ ޝޫޓިން ވެސް ވަގުތީ ގޮތުން މެދުކަނޑާލި އެވެ. ނަމަވެސް ރަކުލް މިހާރު ހުރީ ގަދަވެ ސަލާމަތުންނެވެ.
އޭނާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއެއްގައި ބުނީ ކޮވިޑުން މުޅިން ރަނގަޅުވެ އަލުން "މޭޑޭ"ގެ ޝޫޓިން ފަށައިފި ކަމަށެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ މި ފިލްމުގައި ރަކުލްގެ އިތުރުން އަމީތާބް ބައްޗަން އާ އަޖޭ ވެސް ފެނިގެންދާނެ އެވެ. މި ފިލްމު ރިލީޒްކުރާނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އެވެ.
އެކްޓަރު އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރީ 2016 ވަނަ އަހަރު ނެރުނު "ޝިވާއޭ" އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ފިލްމުގެ މުހިއްމު ރޯލަކުން އަޖޭވެސް ފެނިގެންދާއިރު ފިލްމުގައި އޭނާ ކުޅޭނީ ޕައިލެޓެއްގެ ރޯލެވެ.