ޕްރޮޑިއުސަރު ސޮހައިލް މަޚްލާއީ ގެނެސްދޭ ވަރުގަދަ އެކްޝަން ފިލްމު "ދާކަޅް"ގެ ކާސްޓާ އަރްޖުން ރާމްޕާލް ގުޅިއްޖެއެވެ.

ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ފިރިހެން ލީޑުން އަރްޖުން ފެންނާނެ ކަން ޔަގީންކޮށްދެމުން އޭނާ ބުނީ ފިލްމުގެ ސްކްރިޕްޓް ކިޔާލި ވަގުތުން ފެށިގެންވެސް އެ ވާހަކައަށް ލޯބި ޖެހުނު ކަމަށާއި މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަށް ފިލްމުގެ މަސައްކަތް ފަށަން ކަމަށެވެ.

މިވަގުތު ފިލްމުގެ ޓްރެއިނިން ކުރިއަށްދާ ކަމަށާއި ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާއިރު ޓްރެއިނިން ވަރަށް މުހިއްމު ކަމަށް އޭނާ ބުންޏެވެ.

މި ފިލްމަކީ ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ތައްބޫ، މިމޯ ޗަކްރަބަތީ އަދި މަނޯޖް ތިވާރީއެވެ.