04 Jan 2021, 15:13
އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ބުނީ 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ވަނަ ދުވަހު ފެށޭނެ ކަމަށެވެ. ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ކިޔެވުން ފަށާއިރު އެލްކޭޖީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށެވެ.
އަދި ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
ނިއު ނޯމަލް ގައިޑްލައިންގައި ބުނާގޮތުން ސްކޫލުތަކުގައި ފޭސް ޓު ފޭސްކޮށް ކިޔަވައިދެން ފަށާއިރު ތިން ކެޓަގަރީ އަކަށް ވަނީ ބަހާލައިފައެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ނިސްބަތން މިގޮތަށް ބަހާލާފައިވައިރު އެގޮތުން ސިންގަލް ސެޝަން އަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ސްކޫލުތައް ހުރެއެވެ. މިފަދަ ސްކޫލުތަކުގައި ކުދިން ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށްވެސް ކިޔަވައިދޭން ޖެހެއެވެ.
ކީސްޓޭޖު އެކަކުން ފަހަކަށް ކުދިން ސްކޫލަަަޑިއިރާ ފަސް ގަޑީއިރާ ދެމެދުގެ ވަގުތެއް ހޭދަކުރަން ޖެހޭނެއެވެ. ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ހޭދަކުރަން ޖެހޭނީ ދެ ގަޑިއރެވެ. އަދި ސެޝަންގެ އއް ގަޑިއުރު ކުދިންގެ ޓެމްޕަރޭޗާ ބަލައި، އަތްދޮވެ، ފިޒިކަލް އެކްޓިވިޓީސް ތަކަށް ހާއްސަ ކުރަން ޖެހެއެވެ.
ނިއު ނޯމަލް ގައި ކިޔެވުން ކުރިއަށް ގެންދާނެ އުސޫލު އެޑިއުކޭޝަނުން ވަނީ ސްކޫލުތަކާ ހިއްސާ ކޮށްފައެވެ.
ރާއްޖެއިން ކޮވިޑް19 ފެނުމާ ގުޅިގެން 2020 މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި މަހުއެވެ. މާލެ ސިޓީގައި ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ. އަހަރުގެ ފުރަތަމަ ޓާމަށްފަހު ކުދިން ޗުއްޓީ އަށް ދިޔައީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ.