އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެެންޑީއެފްގެ ފަޔާ ލޯންޗް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިރޭ 12:25 ހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓްގެ މުވައްޒަފުންގެ މަސައްކަތުން އަލިފާނުގެ 25 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެއެވެ.