ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ފިލްމު “ވީ ކޭން ބީ ދަ ހީރޯސް” ގެ ސީކުއަލެއް އަންނާނެ ކަމަށް ބުނެފިއެވެ.

ހޮލީވުޑް ފިލްމު ވީ ކޭން ބީ ދަ ހީރޯސް އަކީ އޭނާ ސުޕަހީރޯ ފިލްމެކެވެ. މި ފިލްމަކީ ފިލްމު "އެލީޓާ: ބެޓްލް އެންޖެލް" ގެ ޑައިރެކްޓަރު ރޮބަޓް ރޮގްރިގޭޒް ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެފުރަތަމަ ބައި ކްރިސްމަސް ދުވަހު ރިލީޒްކުރިއިރު މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ނެޓްފްލިކްސްގައި ރިލީޒްކުރި މި ފިލްމުގައި ފެނިގެންދާ ބައެއް ތަރިންނަކީ ކްރިސްޓޯފާ މެކްޑޮނަލްޑް، ނަތަން ބްލެއާ، ޕެޑްރޯ ޕާސްކަލް، ޔާޔާ ގޮޒެލިން، އަކީރާ އަކްބަރު، އެންޑްރޫޑަޔަޒް، އެންޑީ ވަލްކެން އަދި ބޯއިޑް ހޮލްބްރޫކް އެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ދުނިޔެ އަށް ވެރިވެގަންނަ އޭލިއަނުންތަކެއް އިންސާނުންތަކެއް ކިޑްނެޕްކުރާ މަންޒަރެވެ. އަދި އޭލިއަނުންގެ ދުނިޔެ އަށް ގެންދަން ކުރާމަސައްކަތުގެ ތެރޭގައި ހިނގާ ގިނަ ކަންތައްތަކެއްވެސް ފިލްމުން ވަނީ ފެނިގެން ގޮއްސައެވެ.