ހުޅުމާލޭ މިސްކިތެއް ތެރޭ އިން އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ބުނާ އިންޑިއާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭ ހުރި މީހަކާ މަރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އޭނާގެ ބަންދަށް މީގެ ކުރިން 10 ދުވަސް ޖަހާފައިވެއެވެ. ފުލުހުން މިއަދު ބުނީ، ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ މީހާ ވަނީ މިސްކިތް ތެރޭ އިން އުމުރުން ދުވަސްވީ މީހާގެ ގައިން ނުބައި ވަސް ދުވާކަމަށް ބުނެ، އޭނާ މިސްކިތުން ނެރެ، މާރާމާރީ ހިންގާފައިވެއެވެ.