ދެހާހަށްވުރެ ގިނަ ފޮތްތަކާއެކު ރައްޔިތުންގެމަޖިލީހުގެ ކުތުބުހާނާއާއިޑިޖިޓަލް އަރުޝީފުހުޅުވައިފި އެވެ.

ކުތުބުހާނާ ހުޅުވައިދެއްވީ، މިއަހަރަށް މިޖިލިސް ހުޅުވުމުގެ ރަސްމީ ޖަލްސާއަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހެވެ.

މަޖިލިސް ޖަލްސާ ނިމުމުގެ ކުރިން ކުތުބުހާނާ އާއި އަރުޝީފުގެ ތަފާސް ހިސާބުތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަނުގައި 2،133 ފޮތާއި 6،688 ލިޔުމާއި 2،214 ފައިލް ހުންނާނެ ކަަމަށެވެ. އަދި 1،500އަށްވުރެ ގިނަ ވީޑިއޯ އާއި 10،000އަށްވުރެ ގިނަ ފޮޓޯވެސް ހުންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުތުބުހާނާ ހުޅުއްވައިދެއްވުމަށްފަހު، ރައީސް ސޯލިހް ވަނީ އެތަން ބައްލަވާލައްވާފައެވެ.