07 Feb 2021, 07:57
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް 27، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އާލިއާ ރާއްޖެ އައީ އޭނާގެ ދައްތަ ޝާހީން ބަޓް އާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކަންޝާ ރަންޖަން އާއެކު އެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މި މީހުން ތިބީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގަ އެވެ. އާލިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯތަކާ ވީޑިއޯތައް އަންނަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.
ބަތަލާ އާލިއާ ވަނ ދާދިފަހުން އޭނާގެ ލޯބިވެރިޔާ އެކްޓަރު ރަންބީރު ކަޕޫރާއެކު ދިއްލީ ގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ.
އޭނާ އަތުގައި މިހާރު ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ ރަންބީރު އާއެކު ކުޅޭ "ބްރައްމަސްތުރާ"، "އާރްއާރްއާރް"، ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި" އަދި ކަރަން ޖޯހަރުގެ "ތަޚްތު" އެވެ.