މާލޭ ކެފޭއެއް ތެރޭ މިރޭ ހަމަނުޖެހުން ހިންގުމަށްފަހު ފިލަން ދުވި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. އޭގެ ތެރެއިން އެކަކު ފުލުހަކަށް ހަމާވެސް ދީފައިވެ އެވެ.

އެކަން ހިނގާފައިވަނީ، މިރޭ 8:00 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު ގައި ހުންނަ ކެފޭއެއް ތެރޭ އެވެ.

ފުލުހުން މިރޭ ބުނީ، ފިލަން މަސައްކަތް ކުރި ތިން މީހުންގެ ތެރެއިން އެކަކު، އެމީހުން ހުޓުވަމުން މަސައްކަތް ކުރި ފުލުހަކަށް ހަމަލާދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ ފިރިހެނުނާއި އެއް އަންހެނެކެވެ. އަންހެން މީހާގެ އުމުރަކީ، 25 އަހަރެވެ. އަނެއް ދެ ފިރިހެނުންނަކީ 25 އަދި 28 އަހަރުގެ މީހުންނެވެ.

ފުލުހުން ބުނީ އެ ދެ މައްސަލައިގެ ތަހުގީގު ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެެ އެވެ.