24 Feb 2021, 12:48
ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ އެއީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ބީއެމްއެލްއިން 10 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކުރުން-- ފޮޓޯ/ބީއެމްއެލް
ބީއެމްއެލްއިން ވަސީލަތްތައް ހަދިޔާކުރި ސްކޫލްތަކަކީ؛
ހއ. އަތޮޅު ތައުލީމީ މަރުކަޒު
- ހދ. އަަތޮޅު ތައުލީމީ މަރުކަޒު
- ޅ. އަތޮޅު ތައުލީމީ މަރުކަޒު
- ކ. އަތޮޅު މަދަރުސާ
- އއ. މަތިވެރި ސްކޫލް
- އއ. ފެންފުށި ސްކޫލް
- ދ. އަތޮޅު ތައުލީމީ މަރުކަޒު
- ލ. އަތޮޅު ތައުލީމީ މަރުކަޒު
- މުހައްމަދު ޖަމާލުއްދީން ސްކޫލު
- ސ. އަތޮޅު މަދަރުސާ
ބީއެމްއެލްއިން ބުނީ އެ އެހީއާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން 10 ސްކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކުރުން-- ފޮޓޯ/ބީއެމްއެލް
ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބީއެމްއެލްއިން ވަނީ ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނނގާވެ އުޅެން ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް އެ ބޭންކުން ވަނީ ހަދިޔާކޮށްފަ އެވެ.