20 Mar 2021, 09:02
މަގްބޫލު ޓީވީ އެކްޓްރަސް ހީނާ ޚާން އޭނާގެ ލޯބިވެރިޔާ ރޮކީ ޖައިސްވާލް އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ބަތަލާ ރާއްޖެ އައިސް ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފަ އެވެ. އަދި ޗުއްޓީ ހޭދަކުރާ ގޮތުގެ ވީޑިއޯތަކެއް އަންނަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އަދި ހީނާގެ ލޯބިވެރިޔާ ރޮކީ ގެ އިންސްޓަގްރާމުގައި ވެސް ވަނީ ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯ ހިއްސާކޮށްފަ އެވެ.
ކުރަމަތި މޯލްޑިވްސް ގައި ދެމީހުން ޗުއްޓީ ހޭދަކުރާއިރު ހީނާ ބުނީ ރާއްޖެ އައީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށެވެ. ހީނާ އާ ރޮކީ ރާއްޖެ އައީ ބުދަ ދުވަހުއެވެ. ކުރު ޗުއްޓީއަކަށްފަހު ދެމީހުން މިއަދު ފުރާނެކަމަށް ބެލެވެއެވެ.
ބަތަލާ ހީނާ ވަނީ މިދިޔަ އަހަރުވެސް ދެފަހަރު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.
ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މަޝްހޫރުކަން ހޯދި ހީނާ މިހާރު އަންނަނީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. އޭނާ ވަނީ "ކަސޯޓީ ޒިންދަގީ ކޭ"ގައި ކޮމޯލިލާގެ ރޯލުވެސް އަދާކޮށްފަ އެވެ.