21 Mar 2021, 17:40
ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެވެ. ހަމައެއާއެކު ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ބޮޑު ބައެކެވެ.
ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި އާންމުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އީކޮމާސް ޕްލެޓްފޯމް މޫލީއިން ފަސޭހަކަމާއެކު އޮންލައިންކޮށް ގަނެވޭނެ އެވެ. އަދި މޫލީއިން ގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާވެސް ކޮށްދެ އެވެ.
ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ހާއްސަ، އައު ސެކްޝަނެއް މޫލީއަށް ވަނީ އިތުރުކޮށްފަ އެވެ. އެ ސެކްޝަންގައި ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކަރު، ކޮފީ މޭކާ، ޕޮކެޓް ރޭޑިއޯ އަދި އިސްތިރި ފަދަ ބައިވަރު އައިޓަމް ވަނީ ހިމަނާފަ އެވެ.
އެކި ރޭންޖުގެ، ނަން މަޝްހޫރު ބްރޭންޑްތަކުގެ އެ ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ ވިޔަފާރިތަކުން އެ ޕްލެޓްފޯމުގައި ފީޗާ ކުރާ ޕްރޮޑަކްޓްކެވެ. މޫލީ ޓީމުން ބުނީ ކުރިއަށް އޮތްތަނުގައި ގިނަ ވިޔަފާރިވެރިންނާއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެ ކަމަށެވެ.
މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރިކޮށްލުމަށް:
އުރީދޫ އެޕް
މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ- ޝޮޕް ހިޔާރު ކުރުމަށްފަހު ROADHA ESSENTIALS ނުވަތަ ބޭނުންވާ ކެޓެގަރީއެއް ހިޔާރުކުރައްވާ
- ބޭނުންވާ އައިޓަމް ހިޔާރު ކުރުމަށްފަހު ADD TO CART އަށް ފިތާލައްވާ
- ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
- ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
- އޯޑާ ކަށަވަރު ކުރަން ޕޭމަންޓް ކޮންފާމް ކުރައްވާ
ދަތުރުފަތުރު ކުރަން ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމަކީ ކަސްޓަމަރުންނަށް ލިބޭނެ ލުއެކެވެ.
ރައްކާތެރިކަމާއެކު ގޭގައި ތިބެ މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ. އަދި މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން، އެޗް.ޕީ.އޭގެ އިރުޝާދުތަކާއި އެއްގޮތަށެވެ.
ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވިޔަސް މޫލީ މެދުވެރިކޮށް ރޯދައަށް ތައްޔާރުވުމަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމަށް މޫލީއިން މަރުހަބާ ކިޔައެވެ.