30 Mar 2021, 09:25
ފިލްމު "ދަންގަލް" އިން މަޝްހޫރުވި ބަތަލާ ފާތިމާ ސަނާ ޝެއިޚް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އޭނާ ކޮވިޑަށް ޕޮޒިޓިްވިކަން ހާމަކުރަމުން އިންސްޓަގްރާމް ސްޓޯރީގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށާއި ވަގުތުން ކަރަންޓީނުވިން ކަމަށެވެ. ހޯމް ކަރަންޓީނުގައި ފާތިމާ ހުރި އިރު އޭނާ ބުނީ ފާއިތުވެ ދިޔަ ދުވަސްތަކު އޭނާ އާ ބައްދަލުވި ހުރިހާ އެންމެން ކޮވިޑަށް ޓެސްޓްކުރުމަށެވެ.
ބަތަލާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ގިނަ ފޭނުން އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުކުރަމުން އަންނައިރު ފާތިމާ ވަނީ އޭނާއަށް ހެޔޮ ދުޢާކުރުމަށް އެދިފަ އެވެ.
ފާތިމާ ވަނީ ދަންގަލްގެ އިތުރުން "ތަގްސް އޮފް ހިންދުސްދާން" އަދި "ލޫޑޯ"ގައި ވެސް ހަރަކާތްތެރިވެފަ އެވެ.