03 Apr 2021, 22:12
ރާއްޖެއިން މިއަދު އިތުރު 103 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 58 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން 24 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 21 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 24،651އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 3،063 މީހުންގެ ތެރެއިން 94 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު 144 މީހުން ކޮވިޑުން ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް އެބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 21،512 އެވެ. ރާއްޖެއިން މި ބަލީގައި 67 މީހުން ވަނީ މަރުވެފަ އެވެ.
މިއަދު މާލެ ސަރަހައްދުން އެއްވެސް މީހަކު ވެކްސިން ޖަހާފައި ނުވެ އެވެ. އަދި އަތޮޅުތަކުން 354 މީހުން ވަނީ މިއަދު ވެކްސިން ޖަހާފަ އެވެ.
މާލެ ސަރަހައްދުގައި މިއަދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައި ވާއިރު، 1149 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. މިއަދު އިތުރު 2622 މީހަކު ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، ރާއްޖެއިން މިހާތަަނަށް ޖުމުލަ 243،749 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.