ދޮރުފޮއްޗަކީ ކުޑަދޮރުތައް ނިވާކުރުމުގެ އިތުރުން ގޭގެ އިންޓީރިއާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެއްޗެކެވެ. ދޮރުފޮތި ދަމާލާއިރު ފާރުގައި ލާފައި ހުންނަ ކުލައާ އެންމެ ގުޅޭ ކުލައެއް ހޯދަން ކޮންމެ މީހަކު ވެސް އިސްކަން ދޭނެ އެވެ. ގިނަ ފަހަރަށް އެއްތަނަކުން ހުރިހާ ކުލައެއް ނުފެނުނު ނަމަވެސް، ގޯލްޑަން ގޭޓުގެ ދޮރުފޮތީގެ ބޮޑު ކަލެކްޝަނުން ނުފެންނަ ކުލައެއް މަދުވާނެ އެވެ.

އޭޕްރީލް 4، 2021: ގޯލްޑަން ގޭޓުން ވިއްކާ ދޮރުފޮތި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޯލްޑަން ގޭޓުގެ ދޮރުފޮތި ކަލެކްޝަނުގައި އެކި ކުލަކުލައިގެ 50 އަށް ވުރެ ގިނަ ޑިޒައިން ހިމެނެ އެވެ. އެތަނުން ދޮރުފޮތި ސެޓުގެ އިތުރުން، ދޮރުފޮއްޗާއި ދަނޑި ވަކިން ވެސް ވިއްކަ އެވެ. ސެޓެއްގައި ހިމެނެނީ؛

  • ދެ ފޮތިގަނޑު (ދިގުމިން 8 ފޫޓު، ފުޅާމިން 4.5 ފޫޓު)

  • އެއް ހޮޅި (ހޮޅީގެ ދެ ކޮޅާއި ދެ ބްރެކެޓާ އެކު)

ހަ ފޫޓުގެ ހޮޅި ހިމެނޭ ސެޓުގެ އަގަކީ 590 ރުފިޔާ އެވެ. އަދި އަށް ފޫޓުގެ ހޮޅި ހިމެނޭ ސެޓުގެ އަގަކީ 690 ރުފިޔާ އެވެ.

މީގެ އިތުރުން ސެޓުގައި ހިމެނޭ ތަކެތި ވަކިވަކިން ވެސް ގޯލްޑަން ގޭޓުން ވިއްކަ އެވެ. ވަކިން ފޮތިގަނޑެއްގެ އަގަކީ 245 ރުފިޔާ އެވެ. އަދި ހަ ފޫޓު ހޮޅިއެއް 100 ރުފިޔާއަށް ލިބޭއިރު، އަށް ފޫޓުގެ ހޮޅިއެއް ވިއްކަނީ 150 ރުފިޔާއަށެވެ.

އޭޕްރީލް 4، 2021: ގޯލްޑަން ގޭޓުން ވިއްކާ ދޮރުފޮތި-- ސަން ފޮޓޯ/ ފަޔާޒު މޫސާ


ދޮރުފޮތި ސެޓުތަކުގައި ހުންނަ ސައިޒުތަކުގެ އިތުރުން ކަސްޓަމަރުން ބޭނުން ކޮންމެ ސައިޒަކުން ވެސް ދޮރުފޮތި އަދި ދޮރުފޮތި އަޅުވާ ހޮޅި ގޯލްޑަން ގޭޓުން ގަނެވޭނެ އެވެ.

ގަލޮޅު ދަނޑު ކުރިމަތީގައި އޮންނަ ހަދީބީ މަގުގައި މިފަހުން ހުޅުވި ގޯލްޑަން ގޭޓުގެ ބޮޑު ފިހާރައިގެ އެއް ފާރު ޖަރީކޮށްފައި ވަނީ އެކި ކުލަކުލައިގެ ދޮރުފޮތިންނެވެ. އަދި ޗާނދަނީމަގުގައި ހުންނަ ގޯލްޑަން ގޭޓުގެ ފިހާރައިން ވެސް ދޮރުފޮތި ލިބެން ހުންނާނެ އެވެ.

ގޯލްޑަން ގޭޓަކީ ބާޒާރުގައި ލިބެން ހުންނަ އެންމެ ދަށް އަގުތަކުގައި އަބަދުވެސް މުދާ ވިއްކާ ފިހާރައެކެވެ. އެތަނުން ވިއްކާ ހުރިހާ މުދަލެއް، ގޯލްޑަން ގޭޓުގެވެބްސައިޓުންބަލައިލެވޭނެ އެވެ. އަދި އެތަނުން ގަންނަ ހުރިހާ މުދަލެއް ވެސް ގޭބިސީތަކާއި ބޯޓުފަހަރަށް ޑެލިވަރީކޮށްދޭނެ އެވެ.