14 Apr 2021, 11:11
ވަށައިގެން މާކަނޑު އޮތް މި ރާއްޖޭގެ ރައްޔިތުންނަށް ސީފުޑް އަކީ ވަރަށް ގަޔާވާ އެއްޗެކެވެ. މިއަދު މަޑިހާ ސަން ބަދިގޭގައި ކިޔައިދޭން މިއުޅެނީ ޕްރޯން މީރުގޮތަކަށް ތައްޔާރު ކުރާނެ ގޮތެވެ. މި ޑިޝްގެ ނަމަކީ ޗީޒީ ޕްރޯން ޕާސްތާ އެވެ.
ބޭނުންވާނެ ތަކެތި
- 160 ގްރާމް ޕާސްތާ ފެނުކައްކާފައި
- 120 ގްރާމް ޕްރޯންސް
- 125 އެމްއެލް ކުކިންގް ކްރީމް
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު ކުދިކޮށް ކޮށާފައި
- ރަހަލާވަރަށް ލޮނުކޮޅެއް
- ރަހަލާވަރަށް އަސޭމިރުސް ކޮޅެއް
- 15 ގްރާމް ބަޓަރު
- 10 ގްރާމް ޕާމެޒާން ޗީޒް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ތަވަޔަކަށް ބަޓަރުކޮޅު ލާ ހޫނުކޮށްލުމަށް ފަހު އެއަށް ޕްރޯންސްތައް އަޅާލާށެވެ. ދެން އެއަށް ކުދިކޮށް ކޮށާފައި ހުރި ލޮނުމިދުކޮޅު އަޅާލައި ކުޑަކޮށް ރަތްވެލަންދެން މިލުވާލާށެވެ. ދެން އަޅާނީ ކުކިންގް ކްރީމް އެވެ. އަދި ކްރީމް ގަނޑު އޮލަވަންދެން ކައްކާލާށެވެ.
ކްރީމްގަނޑު ރަނގަޅަށް އޮލަވުމުން އުނދުނުގެ ގިނި މަޑުކޮށްލުމަށް ފަހު ޗީޒްކޮޅު އަޅާލާށެވެ. މި ރެސިޕީގައި ޕާމެޒާން ޗީޒް ބޭނުން ކުރި ނަމަވެސް ބޭނުންނަމަ ޗެޑާ ޗީޒްވެސް ބޭނުން ކުރެވިދާނެ އެވެ.
ކްރީމް ގަނޑު ރަނގަޅަށް ތައްޔާރުވުމުން ފެނު ކައްކާފައި ހުރި ޕާސްތާ ކޮޅު އަޅާލާށެވެ. އަދި ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރު ކޮށްލާށެވެ.
މިއީ ރޯދަ ވީއްލާ ގަޑިއަށްވެސް ތައްޔާރުކޮށްލެވިދާނެ ފަސޭހަ ޑިޝްއެކެވެ.
ޓައިޓްލް ސްޕޮންސާ:މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ:ޓައިޑްސް ކެފޭ
ގްރެފިކްސް:މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް:އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.